ދަރިވަރުންގެ ކިބައިގައި ހަރުކަށިވިސްނުން އަށަގަތަނުދިމަށް ޕްރޮގްރާމެއް ފަށަނީ
ދިމާވާ ދަތިތަކުން ސަލާމަތް ވުމަށް ދަސްކޮށްދިނުމާ، ހަރުކަށިވިސްނުން އަށަގަތަނުދިމަށް ދަރިވަރުންގެ ކިބާގައި ދީނަށް ލޯބިޖެއްސުމާ، އެހެންމީހުންނަށް އިހުތިރާމު ކުރުމާ، ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދިނުން ހިމެނޭ ގޮތަށް ޕްރޮގްރާމެއް ފަށަން އެޑިއުކޭޝަނާއި ޓްރާންސްޕޭރެންސީ އާއި ދެމެދު އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އާސިއަތު ރިލްވީނާއެވެ. މި ޕްރޮގްރާމްގެ މަގުސަދު ހާސިލް ކުރުމަށްޓަކައި ހަދައި ރިސްކް އެސެސްމަންޓް އަށް…