ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު ފަސްވަނަ ޕޮލިސީ ޑައިލޮގު ބާއްވައިފި
ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު މިއަދު މާލޭގައި ފަސްވަނަ ޕޮލިސީ ޑައިލޮގު ބާއްވައިފިއެވެ. މި މަޝްވަރާތަކުގައި ކުރިން ބޭއްވުނު ހަތަރު ބައްދަލުވުމުގައި ބަދަލުކުރެވުނު ޚިޔާލުތަކަށް އަލިއަޅުވާލައި، ދެ ޤައުމުގެ ވަފުދުން އިތުރު އާ ޚިޔާލުތަކެއް ހުށަހަޅާފައިވާކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ދިވެހި ވަފުދު ނަޔާބުކުރެއްވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ ކަމުގައިވާއިރު، ޖަޕާނު ސަރުކާރުގެ ވަފުދު ނަޔާބުކުރެއްވީ އެ ޤައުމުގެ ސައުތު އީސްޓް އަދި ސައުތު ވެސްޓު އޭޝިއަން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް…









