ޓުއަރިޒަމް ސިނާއަތުގެ 96 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފި
ޓުއަރިޒަމް ސިނާއަތުގައި މަސައްކަތްކުރާ 96 އިންސައްތަ މީހުން ކޮވިޑް19 ދިފާއު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފިއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ސިނާއަތުގެ 70 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދަކީ 315،822 އެވެ. މީގެ ތެރެއިން ދެވަނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 185،671 މީހުންނެވެ. ރާއްޖޭގައި މިހާރު ޖަހަމުންދަނީ ސިނޮފާމް ވެކްސިންގެ ދެ ޑޯޒެވެ.