ސްކޮލަރޝިޕް ފުރުސަތުތަކެއް ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަންގޭރީގެ ސަރުކާރުން މަސައްކަތްކުރަނީ
ތަޢުލީމީ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ސްކޮލަރޝިޕް ފުރުޞަތުތަކެއް ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ހަންގޭރީގެ ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ އަންޑުރޭޒް ލެސްޒްލޯ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިއަދު އެރުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިތުރަށް ސަފީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި ޢިޤްތިޞާދުގެ ދާއިރާއިންނާ، މަސްވެރިކަމާއި، ޞިއްޙީ ދާއިރާގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނާއި،…