ޑޭކެއާ ސެންޓަރަކާއެކު 4 މަޝްރޫއެއް ހުޅުމާލޭގައި ފަށަނީ
ހުޅުމާލޭގައި ހަތަރު މަޝްރޫއެއް ކުރިއަށްގެންދަން އެޗްޑީސީއިން ހަތަރު ކުންފުންޏަކާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މިއަދު މީރުމާ ހޮޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި ހަތަރު ކުންފުންޏަކާއިއެކު އެޗްޑީސީއިން ސޮއި ކުރީ ލޭބަރުންގެ އިމާރާތް ހެދުމަށާއި، އޮޓޯ ސެންޓަރެއް ހެދުމަށާއި، ޕާކިން އިމާރާތެއް އެޅުމުގެ އިތުރުން ޑޭ ކެއާ ސެންޓަރެއް އެޅުމަށެވެ. އެޗްޑީސީއިން ބުނީ އެ ކުންފުންޏަކީ މީގެ 21 އަހަރު ކުރިން ސަރުކާރުގެ ބޯހިޔާވެހި ކަމުގެ މައި މަޝްރޫއު ކަމަށްވާ ހުޅުމާލެ ތަރައްގީ ކޮށް އުފާވެރި ތަނަވަސް ދިރިއުޅުމެއް މަގުފަހިކޮށްދިނުމަށް…