ނިމާލް އައިޖީއެމްއެޗަށް ބަދަލުކޮށްފި، ހާލު އަދިވެސް ސީރިއަސް
ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދިޔަ ތަޖުރިބާކާރު ފިލްމް ޑައިރެކްޓަރު އަހުމަދު ނިމާލް، އައިޖީއެމްއެޗަށް މިއަދު ބަދަލުކޮށްފިއެވެ. ސްޓްރޯކެއް ޖެހިގެން ނިމާލް، އޭޑިކޭއަށް ގެންދިޔައީ ރޭގެ ވަގުތެއްގައެވެ. އެގިފައިވާ ގޮތުގައި އައިޖީއެމްއެޗަށް ބަދަލުކުރަންދެން ވެސް އޭނާ އޮތީ އޭޑީކޭގަ އެވެ. ރާއްޖޭގެ ފިލްމީ ދާއިރާގައި ގިނަ ފިލްމުތަކެއް ކުޅެ އަދި ގިނަ ފިލްމުތަކެއް ޑައިރެކްޓްވެސް ކޮށްފައިވާ ނިމާލަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެއް، އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ. އޭނާ ޑައިރެކްޓުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން…









