ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ޑރ. ޚަލީލް އިންޑިއާއަށް ފުރާވަޑައިގެންފި
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރައިވަޑައިގެންފިއެވެ. ޚާރިޖީ ވުޒާރާއިން ހާމަކުރާ ގޮތުގައި ދެ ދުވަހުގެ މުއްދަތަށް އެ މަނިކުފާނު ކުރައްވާ މި ދަތުރުފުޅަކީ މިމަހުގެ 26 ގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައިލެވަލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަޒީރު ޑރ. ޚަލީލް، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާރޒް ޑޮކްޓަރ އެސް. ޖައިޝަންކަރާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް…