ސުޕްރީމް ކޯޓަށް ޝަހީދު އައްޔަނުކުރަން ކޮމިޓީން ރުހުންދީފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، ފަނޑިޔާރުކަމުގައި ހުންނެވި އަލްއުސްތާޛު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވި އިރު ޖޭއެސްސީން އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ދިޔައީ ބަލަމުންނެވެ. ހުސްވި މަގާމަށް ދެ ފަހަރު މަތިން އިއުލާންކޮށްގެން ތިން ބޭފުޅަކު ކުރިމަތިލެއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޝަހީދު…