ސީޕީ ޝުޖާޢު މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ. ސީޕީ އިސްތިއުފާ ދެއްވަން ނިންމެވިކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިންނަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށްވެސް ވަނީ އަންގަވައިފައެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ. ސީޕީ އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، މި އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓިފައި އޮއްވާ…