ރިސޯޓްތަކުގެ މެނޭޖްމެންޓަށް ދިވެހިން ޓްރެއިނިންގ ކުރުމަށް މަޝްވަރާ ކޮށްފި
ރިސޯޓްތަކުގެ ސީނިއާ މެނޭޖްމެންޓް ލެވެލްއަށް ދިވެހިން ޓްރެއިނިންގ ކުރުމަށް މަޝްވަރާ ކޮށްފި އެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމުގެ އޮތުރުން އެދެ މިނިސްޓްރީގެ އިސް ފަރާތްތެކެވެ. މިއަދު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މަޝްވަރާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ބިނާ…