ގަނާކުރި މައްސަލަ ބަލަން ކަމާ ގުޅުންހުރި މުވައްސަސާތަކުގެ ޓީމެއް ރަސްދޫގައި
އއ. ރަސްދޫގެ މިސްކިތއްގެ ވުޟޫކުރާ ބައިގެ ތެރޭގައި ކުޑަކުއްޖަކަށް، ގަނާ ކުރި މައްސަލަ ބެލުމަށް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ޖެންޑަރ މިނިސްޓްރީއާއި، އަދި ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމުގައި ފުލުހުން ބުނެފި އެވެ. ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ޖެންޑަރ މިނިސްޓްރީއާއި، އަދި ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އއ. ރަސްދޫ މިސްކިތެއްގެ ވުޟޫކުރާ ސަރަހައްދުގައި ކުޑަކުއްޖަކަށް ގަނާކޮށް،…