ރޯދަ މަހު ކަރަންޓު ބިލު 400ރ. އަށް ވުރެ ބޮޑެއް ނުވާނެ: ރައީސް
އަންނަ ރޯދަ މަހުގެ ކަަރަންޓު ބިލަށް ދައްކަން ޖެހޭ އަދަދު 400 ރުފިޔާއަށް ވުރެ އިތުރު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ދިވެހިންގެ ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރޯދަ މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށެވެ. ބިލަކަށް 400 ރުފިޔާއަށް ވުރެ…









