ސަނީ އުމަރުގެ ބަންދަށް 30 ދުވަސް
ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ ޑރ. ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ. ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެ އެވެ. ޕީޖީ އޮފީހުން ބުނީ ސަނީ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި އެދުނު ކަމަށެވެ. އެގޮތުން މި ހުށަހެޅުމާ އެއްގޮތަށް އޭނާ 30…









