ނުވަރައެލިޔާއަށް ދިޔަ ދިވެހި އާއިލާއެއް ގެއްލިގެން ހޯދަނީ
ސްރީ ލަންކާގެ ނުވަރަ އެލިޔާއަށް ދިޔަ ދިވެހި އާއިލާއެއްގެ ހަބަރެއް ނުވެގެން ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ރިޕޯޓުކޮށްފި އެވެ. ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނިގޮތުގައި ނުވަރަލިޔާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ދިވެހި އާއިލާއަކާ ނުގުޅިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި އެ އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށެވެ. ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ 94761886666+ އަށް ގުޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން އެދެ…









