ކެނދިކުޅުދޫ އަކީ ތަރައްގީގެ ގިނަ މަޝްރޫއު ހިންގޭނެ ރަށެއް: ރައީސް
ކެނދިކުޅުދޫ ފެންނަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގޭނެ ގާބިލުކަންހުރި ރަށެއްގެ ގޮތުގައިކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ، ކައުންސިލުންވަނީ ކެނދިކުޅުދޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި، ރަށުގެ އެކި މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އެގޮތުން، ޒަމާނީ ފެންވަރުގެ ހޮސްޕިޓަލް އަދި ޖޫނިއަރ ކޮލެޖެއް ތަރައްގީކުރުމުގެ މަޝްރޫއު ލަސްވަމުންދާތީ އެ މަސައްކަތް ވީ އެންމެ އަވަހަކަށް ފައްޓަވައިދެއްވައި…