ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީ ކާމިޔާބުކުރި ކެނޑިޑޭޓުންނާއި ރައީސް ބައްދަލުކުރައްވައިފި
މިއަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޓިކެޓް ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނާއި ރައީސް މުއިއްޒު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ޕީޕީއެމް ޕީއެންސީގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކޯލިޝަންގެ އިސް ފަރާތަތްއް ވަނީ ބައިވެރިވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް 75 މީހަކު ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް ކާމިޔާބުކޮށްފައެވެ. އަދި 15 މީހަކު ވަނީ ޕްރައިމަރީއަކާއި ނުލައި ޓިކެޓް…