ސަން ސިޔާމް ގްރޫޕުން ލަންކާއަށް 200،000 ޑޮލަރު
ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން ދިތުވާ އާ ގުޅިގެން އެޤައުމަށް ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން ސަން ސިޔާމް ގްރޫޕްގެ ފަރާތުން ސްރީލަންކާއަށް 200،000 ޑޮލަރު ހަދިޔާކޮށްފި އެވެ. ސްރީލަންކާ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއާ މިއަދު ބައްދަލު ކުރައްވައި އެހީގެ ރަމްޒީ ޗެކް، ސަފީރަށް ހަވާލުކޮށްދެއްވީ ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދެވެ. މިއަދު ވަނީ އެ ދެ ލައްކަ ޑޮލަރުގެ ތެރެއިން 75،000 ޑޮލަރު ހަދިޔާ ކުރައްވައިފަ އެވެ. އަދި ބާކީ…









