އުރީދޫން، ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓު ހަދިޔާ ކުރަން ނިންމައިފި
އުރީދޫއިން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓު ހަދިޔާ ކުރަން ނިންމައިފި އެވެ. އުރީދޫންބުނީ ދުޅަހެޔޮ ސިއްހަތެއް ރާާއްޖޭގައި ދެމެހެއްޓުމަށް އެކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް މުހިންމު ހެލްތު ކިޓުތަކެއް ހަދިޔާކުރުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތު ސެންޓަރު އަދި ހެލްތު ޕޯސްޓުތަކަށް މި ކިޓުތައް ހަދިޔާ ކުރާކަން ހާމަކޮށްފަައި ވަނީ ހެލްތު މިނިސްޓަރު، އަހްމަދު ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން…