މިއަހަރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ: ޝަމްޢާން
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްޝަން މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" މި ފޯރަމްގައި ދެން އެންމެ އަވަހަށް ޕާސްޕޯޓް ގެ ޚިދުމަތް ލިބޭނީ ކޮންރަށެއްގައި ތޯ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޝައްމާން ވަނީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެެއްގައި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ކަަމަށެވެ. " އާއްމުން އެންމެ އަޑުއަހަން ބޭނުންވާ ޖަވާބުކަންނޭގޭ އަޅުގަނޑު…