އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑު ހަދަން ސްޓެލްކޯއިން ޝައުގުވެރިކަން ފާޅުކޮށްފި
އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައިވާ މަސްފެންގަނޑު މަރާމާތުކުރުމަށް ސްޓެލްކޯއިން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ މުންނާރު ސަރަޙައްދުގައި މަސްފެންގަނޑެއް ތަރައްޤީކުރުމަށް ކުރިން ކުރެވުނު އިޢުލާނު، މާލީ ހާލަތާ ގުޅިގެން ބާޠިލުކުރެވިފައިވެއެވެ. އެހެންނަމަވެސް، މިއަދު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އާއި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައި، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސްޓެލްކޯއިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މި މަސައްކަތަކީ ސްޓެލްކޯގެ ކޯޕަރޭޓް…