މިއީ މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ފެށޭނެ އަހަރު: ރައީސް
މިއީ މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އާ އަހަރުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ މި ފެށުނު އަހަރުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފެށޭނެ ކަމަށާއި ނަތީޖާއަކަށް ވާނީ، އިޤުތިޞާދީ ފުދުންތެރިކަން އިއާދަވާން ފެށުމާއި، މަސައްކަތްތެރީންނަށް ފުރުޞަތުތައް ހުޅުވިގެންދިޔުމާއެކު، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބެން ފެށުން ކަމަށެވެ. އާ އަހަރަކީ އަބަދުވެސް ޢަޒުމުތައް ކަނޑައެޅުމުގެ ފުރުޞަތެއް…