އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔާގެ އެވޯޑު އެސްޑީއެފްސީއަށް ލިބިއްޖެ
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އަށް އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ އެޕްރޫވްޓް އެމްޕްލޯޔާސްގެ އެވޯޑް ލިބިއްޖެއެވެ. އެސްޑީއެފްސީން ބުނީ އެ ބޭންކަށް ލިބިފައިވަނީ އޭސީސީއޭގެ "ޓްރެއިނީ ޑިވެލޮޕްމެންޓް ޕްލެޓިނިއަމް" އެވޯޑް ކަމަށެވެ. "އެ ޝަފަރުވެރި އެވޯޑު ލިބުމުން އެނގިގެން ދަނީ އެސްޑީއެފްސީން މުވައްޒަފުން، އޭސީސީއޭ ފެންވަރަށް ތަމްރީނު ކުރުމަށް ފޯރުކޮށްދޭ ޓްރެއިނިންތަކުގެ ގާބިލިއްޔަތުކަން،" އެސްޑީއެފްސީން ބުންޏެވެ. އެސްޑީއެފްސީން ބުނީ އެ އެވޯޑު ލިބުމުގެ ސަބަބުން އޭސްޑީއެފްސީގެ މުވައްޒަފުންގެ ތެރެއިން އޭސީސީއޭގެ ދަރިވަރުންނަށް އެކައުންޓިން…