އެމްއޭސީއެލްގެ އުޅަނދެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން އުޅަނދެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އުޅަނދެއް ގެއްލިފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައި ވެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ނެވެެ. ނަމަވެސް، މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވެ އެވެ. އެމްއޭސީއެލްގެ…