ސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ފަރިއްކޮޅެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި
ސްޕެއިންގެ ރަސްގެފާނު ފިލީޕޭ ހަވަނަ އާއި ރާނީ ލެޓީޒިޔާ ދެއްވި ރަސްމީ ފަރީއްކޮޅުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ. ރެއާލް އަލްކަޒާ ޑި ސެވިއްޔާގައި ބޭއްވި މި ފަރީއްކޮޅަކީ، ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގެ ބައިވެރިންގެ ޝަރަފުގައި ދެއްވި ފަރީއްކޮޅެކެވެ. އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގެންނެވި، ދައުލަތްތަކާއި ސަރުކާރުތަކުގެ އިސްވެރިން، މި ފަރީއްކޮޅުގައި ބައިވެރިވެވަޑައިގަތެވެ. މި ހިނގާ ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3…









