ޞައްޙަ ނޫން ސްލިޕްތަކެއް ބޭނުންކުރި މައްސަލައިގައި ޒައިދާން ހައްޔަރުކޮށްފި
މަކަރާއި ހީލަތުގެ މައްސަލަތަކުގައި ކުރިންވެސް ހައްޔަރުކޮށްފައިވާ ޒައިދާން މުޙައްމަދު ހާޝިމް، ގ. ސިނަމާލެ 1، 05-13 / މާލެ (28އ) އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އޭނާ މި ފަހަރު ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ" އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި "ފުޑީސް ޑެލިވަރީ" އަށް ފޮނުވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. މި މައްސަލައާ ގުޅިގެން ޒައިދާންގެ…









