ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންގައި މިނިސްޓަރ ސަޢީދު
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ގުޅިގެން ކުޅުދުއްފުށި ސިޓީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވަޑައިގެންފިއެވެ. މިގޮތުން "ކުޅުދުއްފުށި ބިޒްނަސް ބްރީފް" ގެ ނަމުގައި އިއްޔެ ބޭއްވެވި މި ސެޝަންގައި، ވިޔަފާރި ރަޖިސްޓްރީކުރުމާއި، ކްރިއޭޓިވް އިކޮނޮމީގެ ފުރުޞަތުތަކާއި، ކުރިއަށް އޮތް އެމްއެސްއެމްއީ އެވޯޑްސްގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން އެ ސިޓީގެ ވިޔަފާރިވެރިންނާއެކު ސުވާލާއި…









