ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޝުޖާއު އައްޔަންކުރައްވައިފި
ކޮމިޝަނާ އޮފް ޕޮލިސްކަމަށް ދަފްތަރު ނަންބަރު: ރސ 5852، ޢަލީ ޝުޖާޢު، މިއަދު ޢައްޔަންކުރައްވައިފި އެވެ. ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަން ކުރެއްވީ، ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕޮލިސް ބޯޑުން އިންޓަވިއުކޮށް، އޭނާގެ މަސައްކަތްތައް ވަޒަންކުރުމަށް ފަހު އެވެ. ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. ޝުޖާއުއަށް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ…