ރިޔާސީ ބަޔާނުން ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދިން: ފަހުމީ
ރައްޔިތުންގެ ޚިދުމަތުގައި އަޒުމާއި ފޯރިއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ ޤައުމުގެ އެންމެހައި ދާއިރާތަކަށް އަލިއަޅުވާލައި، ދިވެހި ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި އުއްމީދު ގެނެސްދިން ބަޔާނެއް ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި، ނަތީޖާ ހާސިލުކޮށްދިނުމުގެ މައްޗަށް ކަމުގެ ޔަޤީންކަމާއެކު، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ…