ބައެއް ގެތަކުގެ ބިލު އިންތިހާއަށް ބޮޑު، ސަބަބު ހޯދަން ސްޓެލްކޯ އިން އޮޑިޓެއް ހަދަނީ
މިދިޔަ މަހާ އަޅައިބަލާއިރު މާލެއާއި ހުޅުމާލޭގެ ބައެއް ގޭބިސީތަކުގެ ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވެފައިވާތީ އެ ގޭބިސީތަކުގެ އޮޑިޓެއް ހަދަން ސްޓެލްކޯ އިން ނިންމައިފި އެވެ. ސްޓެލްކޯ އިން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މި މަހު ލިބުނު ޝަކުވާތައް ކޮންމެވެސް ވަރަކަށް މަދު ކަމަށެވެ. އެގޮތުން މިދިޔަ މަހާ އަޅައިބަލާއިރު މި މަހު ދޫކުރި ބިލުތަކުގެ ތެރެއިން ގާތްގަނޑަކަށް 94 ޕަސެންޓް ބިލު ކުޑަވެފައިވާ…









