ދައުލަތަށް އަނބުރާ ހޯދަން އެދުނީ 29 މިލިއަން ރުފިޔާ، ލިބުނީ 11 ހާސް ރުފިޔާ
ދައުލަތަށް އަނބުރާ ހޯދަން އެދުނު 29 މިލިއަން ރުފިޔާގެ ތެރެއިން ލިބުނީ އެންމެ 11 ހާސް ރުފިޔާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ދައުލަތަށް އަނބުރާ ހޯދަން އެދުނު 29 މިލިއަން ރުފިޔާގެ ތެރެއިން ލިބުނީ އެންމެ 11 ހާސް ރުފިޔާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ޖެހޭކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަންކަމަށް ނުފޫޒު ފޯރުވުމަށް މަގާމުގެ ބާރު ބޭނުންކުރެއްވުމުގެ ތުހުމަތު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ކުރަމުން އެބަ ދެ އެވެ.
ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތް ކަމަށް ރައީސުލްޖުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތަކާއި ގޮންޖެހުމުގެ ވާހަކަތަކުން ފަށާނަމަ، ލިސްޓުގެ ކުރި ހޯދާނީ ޓެރަރިޒަމް ކަމަށާއި ދިވެހިރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ ޢަގީދާ ގަބޫލުކުރާ ގައުމެއް ކަމަށެވެ. ނަމަވެސް ހަރުކަށި ފިކުރުން މި ކުޑަކުޑަ ރާއްޖެވެސް ސަލާމަތެއްނުވި ކަމަށާއި މި އަހަރުގެ…
ބައިނަލްއަގްވާމީ މަސްރަހުގައި ބަސްބުނުމުގެ ގާބިލިއްޔަތާ މެދުގައާއި، ދިވެހިރާއްޖެއަކީ އެކަމަށް ކުފޫ ހަމަވާ ގައުމެއްތޯ ބައިނަލްއަގްވާމީ މައިދާނުގައި ކުރެވުނު ސުވާލުގެ ޖަވާބު މިއަދު ލިބިއްޖެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ނިއުޔޯކުގައި ކުރިޔަށްދާ އދގެ އާއްމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ގައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫންކަން މުޅިދުނިޔެ ހެކިވި ވަގުތުކޮޅެއް ކަމަށާއި އަދި، މިއީ ހުރިހާ ދިވެހީންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންސާނިއްޔަތަށް…
ގައިދީން ޓީބީއަށް، ސްކްރީން ކުރުމުގެ ޕްރޮގްރާމެއް އައްސޭރި ޖަލުގައި ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ ކ، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ފެށި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމް ހޮސްޕިޓަލްއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. ޓީބީ ސްކްރީނިންގ ޕްރޮގްރާމަށް އައްސޭރި ޖަލުގެ މުވައްޒަފުން ތައްޔާރުކުރުމުގެ ގޮތުން، އެޗްޕީއޭ އަދި އައިޖީއެމް ހޮސްޕިޓަލްގެ ޓީމެއް ވަނީ 2021 ސެޕްޓެމްބަރ 19 ވަނަ ދުވަހު އައްސޭރި ޖަލަށް ޒިޔާރަތްކޮށް، އެ…
ރާއްޖޭގެ 85 އިންސައްތަ މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އދ.ގެ އާއްމު މަޖިލީހުގައި މިރޭ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ދިވެހި ބަހުން ތަގުރީރު ކުރައްވާފައެވެ. މި ތަގުރީރުގައި ރައީސް ވިދާޅުވީ، ކޮވިޑް-19އިގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ ހައްސާސް މައްސަލައެއްކަމަށެވެ. އަދި ގައުމުތަކުން އެކުގައި މަސައްކަތް ކޮށްގެން މިވަބާއިން ސަލާމަތްވާން ޖެހޭ ކަމަށާއި މިކަމަށް އޮތް ހައްލަކީ ވެކްސިން ފުރިހަމަ ކުރުން ކަމަށް…
ޖޭއެސްސީ ބަދަލު ކުރަން އިސްލާހުގައި ލިޔާނެ އެއްޗެއް މެނިފެސްޓޯގައި ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އެމްޑީޕީން ވައުދުވި ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިއަދު ވިދާޅުވުމުންނެވެ. ނަޝީދު ވިދާޅުވީ، ޖޭއެސްސީ ބަދަލު ކުރަން މާދަމާވެސް އިސްލާހެއް ލާންވީ ކަމަށެވެ. ނަމަވެސް އެ އިސްލާހުގައި…