ސަލީމާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ރުހުން ދީފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސްކުރީ ވޯޓް ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތުން ހަމީދަށް ރުހުން ލިބުނީ 60 ވޯޓުންނެވެ. ސަލީމަށް ރުހުން ލިބުނީ 61 ވޯޓުންނެވެ. އެ ބޭފުޅުން ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރަން މިއަދު ފާސްކުރި އިރު، ނަންތައް ދިރާސާކުރުމަށް…








