ހުއިފިލަނޑާގެ ދެ ބާވަތެއް ރާއްޖެއިން ބޭރުކުރުން މަނާކޮށްފި
ހުއިފިލަނޑާގެ ދެ ބާވަތެއް ރާއްޖެއިން ބޭރުކުރުން ސަރުކާރުން މަނާކޮށްފި އެވެ. ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެ އިން ބޭރުކުރުން މަނާކުރީ ކައްޗަލަ އާއި އަލަނާސި ކަމަށާއި މިއީ ދުނިޔެ އިން ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތް ދެ ބާވަތް ކަމަށެވެ. ސަރުކާރުން މި ފިޔަވަޅު އެޅީ ރާއްޖެއިން ބައިވެެރިވެފައިވާ ކޮންވެންޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް (ސައިޓީސް) މުއާހަދާއަށް ހުއިފިލަނޑާގެ މި ދެ ބާވަތް…