ޒަކާތު ކޮންފަރެންސް ފަށައިފި
އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް މިއަދު ފަށައިފި އެވެ. އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މިކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. ޒަކާތު ކޮންފަރެންސަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ ޒަކާތުގެ ގޮތުގައި ކުރިން ލިބެމުން ދިޔައީ 14 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެކަމަށް ހޭލުންތެރިކުރުމަށް…









