ދުންފަތާ ގުޅޭ ގާނޫނުތައް ތަންފީޒުކުރަން ބޮޑު އިންސްޕެކްޝަނެއް ފަށައިފި
ދުންފަތް ކޮންޓްރޯލް ކުރުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުމުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން އިންސްޕެކްޝަން އެއް ފަށައިފިއެވެ. މިއަދު މާލެ ސަރަހައްދުގައި ކުރިއަށް ދިޔަ މި އިންސްޕެކްޝަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އެޗްޕީއޭގެ އިންސްޕެކްޝަން ޓީމްގައި ފުލުހުން އަދި ކަސްޓަމްސް އިން ވަނީ ބައިވެރިވެފައެވެ. މި އިންސްޕެކްޝަންގައި ސިގިރޭޓް ވަކިން ވިއްކުަމާއި ހުއްދަ ދެވިފައިވާ ތަންތަން ނޫން…