އެމްޑީޕީން ވެރިކަމަށް އައީ ވަކި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން: ވައްޑޭ
އެމްޑީޕީން ވެރިކަމަށް އައީ ވަކި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން ކަމަށް އިނގުރާދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވައްޑޭ ވިދާޅުވެއްޖެއެވެ. ޕާޓީގެ އެންމެ ބޮޑު މަގުސަދުކަށް ވާންޖެހޭނީ ވެރިކަން ދެމެހެއްޓުން ކަމަށް އަސްލަމް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ވައްޑޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫނުގެ 30 އަހަރުވަންދެން ކުރެއްވީ ވެރިކަން ދެމެހެއްޓުމުގެ މަސައްކަތް ކަމަށާއި އެކަމަކު އެމްޑީޕީން އައީ ވަކި ސިޔާސަތުތަކެއްގެ މައްޗަށް އެކުލެވޭ ވަކި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން ވައުވެގެން ކަމަށެވެ. އަދި…









