59 ބައިވެރިންނާއިއެކު "އަންހެންވެރިންގެ ސައްލާ" ފަށައިފި
ގިނަ އަދަދެއްގެ ބައިވެރިންނާއިއެކު "އަންހެންވެރިންގެ ސައްލާ" ފަށައިފިއެވެ. މިއަދު ހެނދުނު އިސްރަށްވެހިންގެ ނާދީ ހޯލްގައި އެ މަސައްކަތު ބައްދަލުވުން ފައްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. މާދަމާގެ ނިޔަލަށް ބާއްވާ "އަންހެންވެރިންގެ ސައްލާ" އަކީ އަންހެނުންގެ ތަރައްްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކޮށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ތިޒާމުކޮށް ކުރިއަށްގެންދާ މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ. އެ ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި،…