ޤައުމީ ފެންވަރުގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރާ 3 ރަށް ހޮވައިފި
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަހަރުގެ އަޟްހާ އީދު ޤައުމީ ފެންވަރުގައި ފާހަގަކުރާނެ ރަށްތައް ކަނޑައަޅައިފިއެވެ. މިގޮތުން ހޮވުނު ރަށްތަކަކީ މި ހަރަކާތަށް ޝައުޤުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން އުސޫލުގެ ދަށުން އެންމެ ގިނަ ޕޮއިންޓް ލިބުނު ރަށްތަކެވެ. ވުޒާރާއިން ހާމަކުރި ގޮތުގައި، އެންމެ މަތިން ޕޮއިންޓް ލިބިގެން ހޮވުނު ރަށްތަކުގެ ތެރޭގައި ހއ. ކެލާ، ކ. ގުރައިދޫ އަދި ލ. ގަން ހިމެނެއެވެ. މީގެއިތުރުން، ހުޅުމާލޭގައި ކުޑަކުދިންނާއި އާއިލާތަކަށް ޚާއްޞަކޮށްގެން…









