ގަވާއިދާއި ޚިލާފުވާނަމަ ޓެކްސީތަކުގެ ލައިސަންސް ބާތިލްކުރާނެ: ޓްރާންސްޕޯޓް
ޓެކްސީކުރުމުގައި ގަވާއިދާ ޚިލާފަށް ބޮޑު އަގު ނަގާ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ ލައިސަންސް ބާތިލްކުރާނެކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންއިން ދީފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގްރޭޓަރ މާލެ ސަރަޙައްދުގައި ޓެކްސީ ޚިދުމަތްދޭ 16 ޓެކްސީ ސެންޓަރަކުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޓެކްސީ ކުރުމުގައި ނަގާ އަގުތައް ބަދަލުކޮށްދިނުމަށް އެދި ސިޓީއަކުން ދަންނަވާފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ގިނަބައެއްގެ ޙައްގުތަކާއި ގުޅިފައިވާކަމަކަށްވާއިރު ހުރިހާ…