ރާއްޖެއަށް ޑްރަގު އެތެރެކުރި އަހްސަންގެ ބަންދަށް އިތުރު 30 ދުވަސް
ވައިގެ މަގުން ތިން ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ސ. ހިތަދޫ، ސަމަންދަރު، އަހްމަދު އަހްސަން (35އ)ގެ ބަންދަށް އިތުުރު 30 ދުވަސް ދީފި އެވެ. އަހްސަން މިމަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވާތީ އަހްސަންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިހާރު ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ދީފަ…