ގިނަ އަދަދެއްގެ ބަނގުރަލާ އެކު ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓް ކުރަނީ
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކުރި އާޓިކަލެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ، މުހައްމަދު އާރިފް މިއާ (31އ) ކަމަށެވެ. މި މަހުގެ 17 ވަނަ ދުވަހުގެ ރޭ މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި އޭނާއާ ގުޅުންހުރި…