އައްޑޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި
އައްޑޫ ސިޓީގެ ހިތަދޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ރޭ ދަންވަރު 1:35 ހާއިރު މީހަކު ރަހީނުކޮށްފައި ހުއްޓާ ފުލުހުންނަށް ފެނުނީ ހިތަދޫ، މިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށެވެ. ފުލުހުން އެ ސަރަހައްދަށް ދިޔަ ތަނާ ބަޔަކު އެތަނުން ނިކުމެގެން ދުވެފައި ގޮސް ފިލީ ކަމަށް ފުލުހުން ބުންޏެވެ. ރަހީނުކޮށް އަނިޔާކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މީހާ ރަހީނުކޮށްފައި ހުރި ތަނަށް ފުލުހުން ވަދެ ބެލިއިރު…









