ސީއެސްސީ ގެ ނައިބަކަށް މުޖުތާޒް އައްޔަންކުރަން ރުހުން ދީފި
ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް ކަމަށް މުހައްމަދު މުޖުތާޒް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އެ ކޮމިޝަންގެ ނައިބު ރައީސްކަމަށް މުޖުތާޒް އައްޔަންކުރަން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. އެ ކޮމިޝަންގެ މެންބަރުކަމަށް އޭނާ އައްޔަންކުރީ މި މަހު 20 ގައެވެ. ސީއެސްސީގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ…









