އެމްއެންޑީއެފުގެ "ވިކްޓްރީ ލެޕް" ބާއްވައިފި
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ވިކްޓްރީ ލެޕް ބާއްވައިފިއެވެ. ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ދުވުން ފަށްޓަވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ކަޅުތުއްކަލާކޮށީ ދެކުނުގޭޓުން ނިކުމެ ބޮޑުތަކުރުފާނުމަގުން އިރަށް ގޮސް މޫނިމާ ހިނގުމުން އުތުރަށް ގޮސް އަމީނީމަގުން އިރަށް ގޮސް ދަރުބާރުގެ ވަށާލައި ބޮޑުތަކުރުފާނުމަގުން ހުޅަނގަށް ދުވެފައި އައިސް، ކަޅުތުއްކަލާކޮށްޓަށެވެ. "ވިކްޓްރީ ލެޕް" އަކީ…