މޭޑޭގައި އެމްޑީޕީގެ ފަރާތުން ހަރަކާތްތެރިކަމެއް ނުފެނުމަކީ ހިތާމައެއް: ނަޝީދު
ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭގައި އެމްޑީޕީގެ ފަރާތުން އެކަށީގެންވާ ހަރަކާތްތެރިކަމެއް ނުފެނުމަކީ ހިތާމައެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މޭޑޭ އަކީ 2006 ވަނަ އަހަރުން ފެށިގެން އެމްޑީޕީން އިސްނަގައިގެން ފާހަގަކުރަމުން އަންނަ، މަސައްކަތްތެރިންގެ ޙައްޤުތަކާ ގުޅޭ ތާރީޚީ މުހިންމު ހަރަކާތްތަކެއް ހިންގާފައިވާ ވަރަށް މުހިންމު މުނާސަބަތެއް ކަމަށެވެ. ރާއްޖޭގައި މޭޑޭ ބަންދު ދުވަހެއްގެ ގޮތުގައި ފުރަތަމަ…









