ހުޅުމާލޭގެ ކެފޭއެއްގައި ރޯވެއްޖެ
ހުޅުމާލޭގެ ކެފޭއެެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ އެވެ. އެމްއެންޑީއެފުން މިއަދު ބުނީ ރޯވީ ފޭސް އެކެއްގައި ހުންނަ "ބްރަންޗް ހައުސް" ކެފޭގައި ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 12:58 ގައި އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވެ އެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން ކެފޭގައި ރޯވެފައި ހުރި އަލިފާން ނިއްވައިލެވުނީ ދަންވަރު 01:19 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް…









