މަޖިލީހުގެ ރައީސްގެ ދައުވަތަކަށް ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖޭގައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ދައުވަތަކަށް ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ސަރްދާރް އަޔާޒް ޞާދިޤް ރާއްޖޭގައި ހުންނަވާނީ 3 ދުވަހު އެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މޯލްޑިވްސް-ޕާކިސްތާން ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕާ ބައްދަލުކުރައްވާނެ އެވެ. އަދި ދާރުލްއާސާރާއި ސަލްމާން މިސްކިތަށް ޒިޔާރަތް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ…









