ރަސްދޫގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެ
އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެ އެވެ. އުމުރުން 31 އަހަރުގެ އެ އަންހެން މީހާ ނިޔާވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިރެއެވެ. މިިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާ ގުޅިގެން ފަރުވާއަށް މާލެ ގެނައި އިރު ވެސް އޭނާގެ ހަށިގަނޑު 80-90 ޕަސެންޓް އޮތީ ވަރަށް ބޮޑަށް ފިހިފަ އެވެ. އޭރު ވެސް ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލާފައި ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވެ އެވެ.…







