ޖޭއެސްސީއަށް ހުސްނީ އައްޔަންކުރަން ރުހުން ދީފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު އައްޔަންކުރަން މިއަދު ރުހުން ދީފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަގާމު ހުސްވީ ޖޭއެސްސީގެ ރައީސްކަމާއި މެންބަރުކަމުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިސްތިއުފާ ދެއްވުމުންނެވެ. ޖޭއެސްސީއަށް ހުސްނީ މުބާރިކް އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.









