ސިއްހީ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ސިއްހީ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ހެލްތް މިނިސްޓްރީގެ އިސްވެރިންނާ ، އެމިނިސްޓްރީގެ ދަށުން ހިނގާ ކައުންސިލްތަކާ ބައްދަލުކުރައްވައި ސިއްހީ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވައި އެކަންކަން އަވަހަށް ޙައްލުކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މިއަދު މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކުރަމުންދާ މި ދަނޑިވަޅުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން…









