ސަބްސިޑީއަށް ކުރި ހޭދަ 21.2 އިންސައްތަ ދަށްވެއްޖެ
އިޤުތިޞާދު ކުރިއަރައި އާމްދަނީ އިތުރުވަމުން އަންނައިރު، މިއަހަރުގެ ދައުލަތުގެ ބަޖެޓުން 08 މެއި 2025 ގެ ނިޔަލަށް ސަބްސިޑީގެ ގޮތުގައި ކުރި ހޭދަ ގާތްގަނޑަކަށް 21.2 އިންސައްތަ ދަށަށް ހިނގައްޖެ އެވެ. މާލީ ވުޒާރާއިން އާންމުކުރި 08 މެއި 2025 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 08 މެއި 2025 ގެ ނިޔަލަށް މި އަހަރުގެ ތެރޭގައި ސަބްސިޑީއަށް ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް 1.0 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ…